Last Updated: April 30, 22:02
Tuesday, April 30, 2024
ދުނިޔެ

ޓެސްލާގެ "ރޮބޯޓެކްސީ" އޮގަސްޓްގައި

ސެލްފް-ޑްރައިވިން ނުވަވަ ޑްރައިވަރަކު ނެތި ދަތުރު ކުރެވޭނެ ކާރު ނެރުމުގެ ޕްލޭނަކީ ޓެސްލާގެ ވަރަށް ބޮޑު އަމާޒެކެވެ. މި ވާހަކަ ދެކެވޭތާ ވެސް މިހާރު އަހަރުތަކެއްވެއްޖެ އެވެ. މަހުޖަނު އީލޮން މަސްކްގެ ޓެސްލާ އިން މިކަން ހަގީގަތަކަށް ހަދަން ކުރާ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ފުރިހަމަކޮށްފަ އެވެ.

އެހެންވެ މިހާރު މި ވަނީ ސެލްފް-ޑްރައިވަރުން ކާރު ނުވަތަ "ރޮބޯޓެކްސީ" ދައްކައިލާނެ ތާރީހު ވެސް އިއުލާންކޮށްގަ އެވެ. ކުރިން ޓްވިޓާގެ ނަމުގައި ހިންގި އެކްސްގެ ވެރިޔާ އީލޮންގެ ޕޯސްޓެއްގައި ވިދާޅުވީ އެ ތާރީހަކީ މި އަހަރުގެ އޮގަސްޓް 8 ކަމަށެވެ. މިކަން އިއުލާން ކުރުން ފިޔަވައި އިތުރު އެއްވެސް ތަފުސީލެއް ނުދެއްވަ އެވެ.

ޓެސްލާ އިން މި އުފެއްދުމަށް މަސައްކަތް ކުރާ ވާހަކަ އިއުލާންކުރީ 2019 ގަ އެވެ. އޭރު އަމާޒަކަށްވެފައި އޮތީ 2020 ގައި "ރޮބޯޓެކްސީ" ނެރުމެވެ.

ގިނަ ބަޔަކު މިހާރު ތިބީ "ރޮބޯޓެކްސީ" ގެ ފީޗާތަކަކީ ކޮބައިތޯ ބަލައިލަން އިންތިޒާރުގަ އެވެ. ޔަގީނުން ވެސް މިއީ ޓެކްނޮލޮޖީގެ ބޭނުން ވަރަށް ބޮޑަށް ކޮށްފައިވާ އޮންނާނެ އުފެއްދުމަކަށް ވާނެ އެވެ.