Last Updated: May 2, 21:43
Thursday, May 2, 2024
މުނިފޫހިފިލުވުން

އާލިއާ އަށް ހުށަހެޅީ ޑިޒްނީގެ ފިލްމެއް ނޫން

އިންޑިއާގެ ބަތަލާ އާލިއާ ބަޓާ އެކީ ހަދަން ވާހަކަ ދެކެވުނީ ޑިޒްނީގެ ފިލްމެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ ޑައިރެކްޓަރު ގުރިންދަރު ޗައްޑާ ބުނެފި އެވެ.

ޑިޒްނީއާ ގުޅިގެން އިންޑިއާގެ ޕރިންސެސްއަކަށް ބިނާކޮށް ފިލްމެއް ހަދަން ނިންމައި އެކަމުގެ މަޝްވަރާތަކެއް އާލިއާއެކީ ކޮށްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމާ ގުޅިގެން ގުރިންދަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި އިއްޔެ ބުނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި އެ ބުނާ ފިލްމެއްގެ ސްކްރިޕްޓްގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް "ބެންޑް އިޓް ލައިކް ބެކަމް" އާއި "ޕްރައިޑް އެންޑް ޕްރެޖުޑައިސް" ފަދަ ފިލްމުައް ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.

ގުރިންދަރު ބުނީ އާލިއާއާ އެކީ ވާހަކަ ދެކެވުނީ މުޅިން އެހެން ފިލްމެއްގެ ވާހަކަ ކަމަށެވެ. އެ ދެ މީހުން ޕްރޮޖެކްޓަކާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރީ މިދިޔަ ހަފުތާގައި އާލިއާ ލަންޑަންގައި ބޭއްވި ޗެރިޓީ އިވެންޓް ދަތުރުގެ ތެރޭގަ އެވެ.

ގްރިންދަރަކީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސި ރައްޔިތެކެވެ. އޭނަ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2019 ގެ "ބްލައިންޑެޑް ބާއި ދަ ލައިޓް" އެވެ.