Last Updated: May 2, 06:02
Thursday, May 2, 2024
ދުނިޔެ

ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ހައްޔަރުކޮށްފި

ނޯބެލް ސުހްލައިގެ އިނާމަށް ވެސް ނޮމިނޭޓްވި ސްވިޑްންގެ މަޝްހޫރު ޒުވާން ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަމްބާގް ނެދަލޭންޑްސްގެ މުޒާހަރެއްގެ ތެރެއިން ހައްޔަރުކޮށްފި އެވެ.

އޭނަ އިއްޔެ ހައްޔަކުރީ ފޮސިލް ފިއުލް އަށް ސަބްސިޑީ ދިނުމާ ދެކޮޅަށް ދަހޭގްގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިންނެވެ. މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކުރި އިރު، މުޒާހަރާ ރޫޅައިކަން ފުލުހުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.

ގްރެޓާ، 21، ހައްޔަރުކުރި އޭނަ އަކީ މުޒާހަރާ ލީޑްކުރުމުގައި އެންމެ އިސްކޮށް އުޅުނު އެކެކެވެ. މި މުޒާހަރާގައި ބައިވެރިވިން "ސްޓޮޕް ފޮސިލް ފިއުލް" ފަދަ އިބާރާތްތައް ލިޔެފައިވާ ބެނާތައް ގެންގުޅުނެވެ.

ތިމާވެށީގެ މައްސަލަތަކާ މެދު އަޑު އުފުލައިގެން މުޅު ދުނިޔޭގެ ސަމާލުކަން ގްރެޓާ ހޯދީ އުމުރުން 15 ގަ އެވެ. އޭގެ ފަހުން އޭނަ ވެފައި ވަނީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޑުއުފުލާ އެންމެ ނުފޫޒު ގަދަ އެކަކަށެވެ.