Last Updated: July 22, 11:21
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ރަމްސޭ ބްރަދާސް" ގެ އިތުރު މެންބަރަކު މަރުވެއްޖެ

ހިންދީ ސިނަމާ އަށް މަގުބޫލު ބިރުވެރި ފިލްމުތަކެއް ގެނެސްދިން މަޝްހޫރު "ރަސްމޭ ބްރަދާސް" އާއިލާގެ އިތުރު މެންބަރަކު މަރުވެއްޖެ އެވެ.

މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިިއަދު ހެނދުނު މަރުވީ ގަންގޫ ރަމްސޭ އެވެ. އޭނަގެ އުމުރަކީ 83 އަހަރެވެ. ގަންގޫ އަކީ "ރަމްސޭ ބްރަދާސް" އިން ގެނެސްދިން ގިނަ ފިލްމުތަކުގެ ކެމެރާމަންގެ އިތުރުން ޕްރޮޑިއުސަރެކެވެ. އޭނަ ހިއްސާވި ފިލްމުތަކުގެ ތެރޭގައި "ވީރާނާ"، "ޕުރާނާ މަންދިރު"، "ބަންދު ދަރުވާޒާ"، "ޕުރާނީ ހަވޭލީ" އަދި "ސާމްރީ" ހިމެނެ އެވެ.

ގަންގޫ އަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންގެ ފުރަތަމަ ފިލްމު 1993 ގެ "އާޝިގް އާވާރާ" ގެ ކެމެރާމަން ވެސް މެ އެވެ.

"ރަމްސޭ ބްރަދާސް" ގެ އާއިލާގައި ހިމެނޭ މެންބަރުންގެ ތެރޭގައި ކުމާރު ރަމްސޭ، ކޭޝޫ ރަމްސޭ، ތުލްސީ ރަމްސޭ. ކިރަން ރަމްސޭ، ޝާމް ރަމްސޭ، އަރުޖުން ރަމްސޭ އަދި އަޖޭ ރަމްސޭ ހިމެނެ އެވެ.