Last Updated: May 6, 10:59
Monday, May 6, 2024
ރިޕޯޓް

ރޯދަ ރަހަ: ކްއިކް ޕެސްޓޯ ޕާސްތާ

* ބޭނުންވާ ތަކެތި:

– ޕާސްތާ ކެއްކުމަށް

4 ޖޯޑު ފެން
250 ގްރާމް ޕެނޭ ޕާސްތާ
2 ސައިސަމުސާ ލޮނު

– ސޯސް ހެދުމަށް

4 ލޮނުމެދު
2 ޓޮމާޓޯ
2 ތޮޅި މިރުސް
1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½ މަސް ދަޅު
3/1 ޖޯޑު އަގްނޭސީ ޕެސްޓޯ އަލަ ޖެނޮވޭސް
3/1 ޖޯޑު ކުކިންގް ކްރީމް
½ ސައިސަމުސާ ރާޅު މުގުރި މިރުސް
2 މޭޒުމަތީ ސަމުސާ ޕާމެޒާން ޗީސް (ގާނާފައި)
¼ ޖޯޑު ޕާސްތާ ކެއްކި ފެން

* ތައްޔާރު ކުރާނެ ގޮތް:

1. އެންމެ ފުރަތަމަ 4 ޖޯޑު ފެން ތެއްޔަކަށް އަޅާލާށެވެ. ފެން ކެކެން ފެށުމުން 2 ސައިސަމުސާ ލޮނު އަޅާލުމަށް ފަހު ޕާސްތާ އަޅާފަ 15 މިނެޓް ވަންދެން ކައްކާށެވެ. ކައްކާ ނިމުމުން ¼ ޖޯޑު ޕާސްތާ ކެއްކިފެން ފަހުން ސޯސްއަށް ބޭނުން ކުރުމަށް ބަހައްޓާށެވެ. އެޔަށްފަހު ޕާސްތާ ފުރާނާފަ ވަކިން ބަހައްޓާށެވެ.
2. ދެން ލޮނުމެދާއި ޓޮމާޓޯއާއި ތޮޅިމިރުސް ކުދިކޮށް ކޮށާލާށެވެ.
3. ތަވަޔަކަށް އޮލިވް އޮއިލް އަޅާ ހޫނު ކުރުމަށްފަހު ލޮނުމެދުކޮޅު އަޅާފަ މެދު ގަދަ ގިނީގައި 1 މިނެޓް ވަންދެން ކައްކާށެވެ. ދެން ޓޮމާޓޯއާއި މިރުސް އަޅާ ލުމަށްފަހު އަދި 3 މިނެޓް ވަންދެން ހަލަމުން ކައްކާށެވެ.
4. އެޔަށްފަހު މަސްދަޅު އަޅާފަ އަދި މިނެޓެއް ވަރުވަންދެން ކައްކާށެވެ.
5. ދެން 3/1 ޖޯޑު އަގްނޭސީ ޕެސްޓޯ އަލަ ޖެނޮވޭސް އަޅާފަ ހަލަމުން 1 މިނެޓް ވަންދެން ކައްކާށެވެ.
6. އޭގެ ތެރެއަށް ކުކިންގ ކްރީމްއާއި، ރާޅު މިރުހާއި، ލޮނާއި ޕާމެޒާން ޗީސްއާއި ޕާސްތާ ފެން އަޅާށެވެ.
7. ރަނގަޅަށް ހަލާލުމަށްފަހު 1 މިނެޓްވަންދެން ކައްކާށެވެ. ދެން ކައްކާފަ ހުރި ޕާސްތާ އެޅުމަށްފަހު ރަނގަޅަށް ހަލަމުން މެދު ގިނީގައި ކައްކާށެވެ. މި ޕާސްތާ އެއްމެ މީރީ ހޫނުކޮށް ހުއްޓާ ކާލީމައެވެ.

ރެސިޕީ: ލޮނުމެދު