Last Updated: June 13, 02:24
Friday, June 12, 2026
ވިޔަފާރި

އެސްޓީއޯ އިން އީދާ ދިމާކޮށް ގިވްއަވޭއެއް

ކުރިއަށް އޮތް ފިތުރު އީދާ ގުޅުވައިގެން "ޝެއާ އެންޑް ވިން" ގެ ނަމުގައި ގިވްއަވޭއަކުން ހަދިޔާ ހޯދުމުގެ ފުރުސަތު ހުޅުވާލައިފި އެސްޓީއޯ އިން ހުޅުވާލައިފި އެވެ.

އެގޮތުން އެ ކުންފުނީގެ ޕީޕަލްސް ޗޮއިސްގެ ޕޭޖް ފޮލޯކޮށް، ގިވްއަވޭ ޕޯސްޓް ލައިކްކޮށް، ތިން ރައްޓެހިންނާއި ތިން ފޮލޯވަރުން ޓެގްކޮށް، ޕޭޖް ވެސް ޓެގްކުރުމުން ގިވްއަވޭގައި ބައިވެރިވެވޭނެ އެވެ.

އެސްޓީއޯ އިން ބުނީ ހަދިޔާ ލިބޭ ފަރާތްތައް އިއުލާން ކުރާނީ އަންނަ މަހުގެ 17 ގައި ކަމަށެވެ.