Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ކުޑަކުއްޖަކާ ބެހުނު މައްސަލައެއް ބަލަނީ

ދެކުނުގެ ރަށެއްގައި އާއިލާ މީހަކު ކުޑަކުއްޖަކަށް ޖިންސީ ފުރުއްސާރަކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ، އެ މައްސަލަ ރިޕޯޓްކުރީ ރޭ ކަމަށެވެ. މި މައްސަަލަ ތަހުގީގު ކުރަމުން އަންނާތީ އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރާއްޖޭގައި ކުޑަކުދިންނަށް އެންމެ ގިނައިން ކުރާ އަނިޔާތަކުގެ ތެރޭގައި ޖިންސީ ގޯނާގެ މައްސަލަތައް ހިމެނެ އެވެ.