Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

"އަވަސް ރައިޑް" އަކީ މިހާރު "އަވަސް އެޕް"

އޮންލައިންކޮށް ރާއްޖޭގައި ޓެކްސީ ހިދުމަތް ފޯރުކޮށް ދެމުން އަންނަ "އަވަސް ރައިޑް" ގެ މޯބައިލް އެޕް އިތުރު ހިދުމަތްތަކާއެކު "އަވަސް އެޕް" އަށް ރީބްރޭންޑްކޮށްފި އެވެ.

މި އެޕްގެ މައިގަނޑުގެ ހިދުމަތް ކަމަށްވާ ޓެކްސީ ހިދުމަތް މިހާރަށް ވުރެ ރަނގަޅުކޮށް، ފަސޭހައިން އަގު ދެއްކޭ ގޮތަށް ޕޭމަންޓް ގޭޓްވޭ ތައާރަފު ކުރުމަށް ނިންމާފައިވެ އެވެ. "އަވަސް އެޕް" އަށް ރަޖިސްޓާވާ ޑްރައިވަރުންނަށް މިހާރު ވަޖީ ތިން މަސް ދުވަސް މުޅިން ހިލޭ ޕްރޮމޯޝަނެއް ފަށައިފަ އެވެ.

މި އެޕް މިހާރު ގޫގުލް ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ. އާ އެޕް ތައާރަފުކުރި ނަމަވެސް އަދި ކުރީގެ އެޕް ވެސް އަދި ބޭނުން ކުރެވެ އެވެ. އެކަމަކު ވަރަށް އަވަހަށް އެ އެޕް އެއްކޮށް ހުއްޓައިލާނެ އެވެ.
އަވަސް ރައިޑު މެދުވެރިކޮށް ކާރުގެ އިތުރުން، ޕިކަޕާއި ސައިކަލުވެސް އޯޑަރު ކުރެވެއެވެ. އަދި ޓެކްސީ ބޯޑު ނުޖަހާ ޕްރައިވެޓް ކާރުތަކަށް ވެސް ދަތުރުތައް ނެގެ އެވެ.

އަވަސް ރައިޑްގެ ހިދުމަތް ފެށީ 2019 ގަ އެވެ.