Last Updated: May 17, 07:03
Friday, May 17, 2024
ޚަބަރު

ގޮވާމުގެ ޒަކާތް މިއަދު ބަހަން ފަށަނީ

މާލެ ސަރަހައްދުގައި ޒަކާތަށް ގޮވާމުން ލިބުނު ތަކެތި ބެހުމުގެ މަސައްކަތް މިއަދު ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސް އިން ބުނެފި އެވެ.

އެތަނުން ބުނީ އެތަކެތި ބެހުމުގެ މަސައްކަތް މިއަދާއި މާދަމާ ކުރިއަށް ދާނީ އަމީނިއްޔާ ސްކޫލްގެ ހޯލްގައި ކަމަށެވެ. ތަކެތި ބެހުން މިއަދު ކުރިއަށް ދާނީ މެންދުރު 11:00 އިން ހަވީރު 4:00 އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ. މާދަމާ ތަކެތި ބެހުން ކުރިއަށް ދާނީ ހެނދުނު 11:00 އިން 3:30 އަށް އަދި ރޭގަނޑު 8:30 އިން 10:30 އަށެވެ.

ޒަކާތު ހައުސް އިން ބުނީ ތަކެތި ބަހާނީ މާލޭގެ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށް ކަމަށެވެ.