އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކަމަލް ހަސަންގެ "އިންޑިއަން 2" މި އަހަރުގެ ޖޫންގައި ގެނެސްދޭން ނިންމައިފި އެވެ.
ފިލްމުގެ ޕޯސްޓަރެއް އާންމުކޮށް ޖޫންގައި ފިލްމު ރިލީޒްކުރާނެކަން ކަށަވަރުކޮށް ދިން ނަމަވެސް އަދި ސީދާ ވަކި ތާރީހެއް ނުނިންމަ އެވެ. "އިންޑިއަން 2" އަކީ ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ ފިލްމެކެވެ. މި ފިލްމަކީ ކަމަލް ހަސަނާ އެކީ ޑައިރެކްޓަރު ޝަންކަރްގެ 1996 ގެ އެކްޝަން ފިލްމުގެ ސީކްއެލް އެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމުގެ ބަތަލާއިންނަކީ އުރް މަނީޝާ ކޮއިރަލާ އާއި އުރްމިލާ މަޓޯންޑްކަރެވެ. "އިންޑިއަން" ގެ މިއުޒިކް ތައްޔާރުކުރީ އޭއާރް ރަހުމާނެވެ.
ފިލްމުގެ ފުރަތަމަ ބައި ގެނެސްދިންތާ 28 އަހަރު ފަހުން "އިންޑިއަން 2" ގެނެސްދޭ އިރު، މި ފިލްމުގެ ބަތަލާއިންނަކީ ރަކުލް ޕްރީތު ސިންގް އާއި ކާޖަލް އަގަރްވާލެވެ.
"އިންޑިއަން 3" ވެސް ހަދަން ނިންމާފައިވާ އިރު، އެ ފިލްމު އަންނަ އަހަރު ގެނެސްދޭނެ ކަމަށް ބެލެވެ އެވެ.
ޑައިރެކްޓަރު ޝަންކަރު "އިންޑިއަން 2" ޖޫންގައި ގެނެސްދޭން ނިންމި އިރު، ރާމް ޗަރަން އާއި ކިއާރާ އަދުވާނީއާ އެކީ "ގޭމް ޗޭންޖާ" ކިޔާ ފިލްމެއް ވެސް މި އަހަރު ގެނެސްދޭން އޮތީ ނިންމައިފަ އެވެ. "ނަޔަކް" އާއި "ރޮބޮޓް" ފަދަ ފިލްމުތައް ގެނެސްދިން ކުޅަދާނަ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ "ރޮބޮޓް" ގެ ސީކްއެލް 2018 ގެ "2.0" އެވެ.