Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އުމްރާ އަށް ދިޔަ އިތުރު މީހަކު ނިޔާވެއްޖެ

މި ރޯދަ މަހު އުމްރާގެ އަޅުކަމަށް ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

ރޭ ނިޔާވީ ގދ. ނަޑެއްލާ، މޫނިމާގެ، އައިޝަތު އިބްރާހީމް، 74، އެވެ. އޭނަ ނިޔާވީ ދުވަސްކޮޅަކު ބަލިވެ އުޅުމަށްފަހު ޖިއްދާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

މި ރޯދަ މަހު އުމްރާ އަށް ގޮސް އުޅެނިކޮށް މިދިޔަ މަހުގެ 25 ގައި ވެސް މީހަކު ނިޔާވެފައިވެ އެވެ. އެއީ ހއ. ދިއްދޫ އިބްރާހިމް ރަޝީދު ،58، އެވެ.