އީދު ހަދިޔާއެއްގެ ގޮތުގައި ބެލުންތެރިންނަށް ފިލްމު "ކަޅަކި" ގެނެސްދޭން ނިންމައިފި އެވެ.
ފިތުރު އީދު ދުވަހު މި ފިލްމު މީޑިއާނެޓްގެ އެމްސްއެމް ވީޑިއޯ ކުލަބުން ޕްރީމިއާކުރަން ވަނީ ނިންމައިފަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގައި އޮލިމްޕަހުގައި ދެއްކި މި ބިރުވެރި ފިލްމަކީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް، އެކްޓަރު ޔޫސުފް ޝަފީއު ލިޔެ، ޑައިރެކްޓްކުރި ފިލްމެކެވެ. ސްރީ ލަންކާ އަށް ޗުއްޓީ އަށް ދާ ބަޔަކަށް ދިމާވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ ފިލްމުގެ ރޯލެއް ޔޫއްޕެ ވެސް ކުޅެފައިވެ އެވެ.
"ކަޅަކި" ގެ މައިގަނޑު ކާސްޓްގައި އަލީ ސީޒަން، ވާޝިޔާ މުހައްމަދު، މުހައްމަދު މަނިކު، އައިމިނަތު ރިޝްފާ އަދި އައިޝަތު ލަފުހާ ހިމެނެ އެވެ.