Last Updated: May 2, 08:37
Thursday, May 2, 2024
ދުނިޔެ

ދެކުނު ގާޒާ އިން އިޒްރޭލު ސިފައިން މަދުކޮށްފި

ދެކުނު ގާޒާ އިން މިހާރު އިޒްރޭލުގެ ސިފައިން މަދުކޮށްފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް ފޯސް އިން ބުނެފި އެވެ.

އިޒްރާއީލް ޑިފެންސް ފޯސް (އައިޑީއެފް) ގެ ތަރުޖަމާނު ލެފްޓިނަންޓް ކާނަލް ޕީޓާ ލާނާސް ބީބީސީ އަށް އިއްޔެ ބުނީ ދެކުނު ގާޒާގައި ހަރަކާތްތެރިވާ އިޒްރޭލު ސިފައިންގެ އަދަދު މިހާރު ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށެވެ. އަދި މިއީ ހަމަލާތައް ދެމުންދާ ނިސްބަތް މަދުވުމުގެ ނިޝާނަކަށް ވެދާނެ ކަމަށް އޭނަ ވިދާޅުވި އެވެ.

ނަމަވެސް ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހަމަލާތައް ދެމުންދާތާ މިހާރު ހަ މަސްވެފައިވާ އިރު، މ ހަމަލާތައް އެއްކޮށް ހުއްޓައިލާނެކަމުގެ އެއްވެސް އިޝާރާތެއް އިޒްރޭލަކުން ނުދެ އެވެ. ހަމަލާތައް ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ގަ އެވެ.

ހަމަލާތަކުގައި ފަލަސްތީނު ސުންފާނަތިކޮށް، އެތައް ހާސް ބަޔަކު މިހާތަނަށް ޝަހީދުކޮށްފައިވާ އިރު، ހަމަލާތައް ހުއްޓައިލުމާ ގުޅޭ ގޮތުން އެކި ފަހަރު މަތިން އިޒްރޭލާއި ހަމާސްއާ ދެމެދު ވާހަކަތަކެއް ދެކެވިފައިވެ އެވެ. އެގޮތުން މިހާރު ވެސް އެފަދަ މަޝްވަރާއަކަށް ދެ ފަރާތުގެ ވަފުދެއް މިސްރުގެ ކެއިރޯގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އަނިޔާވެރި ޔަހޫދީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު 33،175 އަށް އަރަ އެވެ. އަދި 75،886 މީހަކު ޒަހަމްވެފައިވެ އެވެ.