Last Updated: May 3, 15:50
Friday, May 3, 2024
ޚަބަރު

ހިތަދޫ ޕޯޓަށް ކާރެއް ގަންނަނީ

އައްޑޫ ސަރަހައްދީ ބަނދަރަށް ކާރެއް ގަންނަން ބޭނުންވާތީ ކާރެއް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ބަނދަރު ހިންގާ ކުންފުނި، ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން ބުނީ ކުންފުނީގެ ބޭނުމަށް ކާރެއް ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް މީޓިން މި މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކުންފުނީގެ ހެޑް އޮފީހުގައި އޮންނާނެ ކަމަށެވެ. ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 24 ވަނަ ދުވަހު ހެނދުނު 10:00 ގަ އެވެ.

އެޗްޕީއެލް އިން ބުނީ ޕްރީ-ބިޑަށް ހާޒިރުވެ ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ބީލަންތައް ބަލައިނުގަންނާނެ ކަމަށެވެ.

އެޗްޕީއެލް އަކީ މޯލްޑީވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލް) ގެ ދަށުން ހިންގަމުން އަންނަ ކުންފުންޏެކެވެ.