މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުން "ޕުޝްޕާ 2: ދަ ރޫލް" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.
މި ޓީޒާގެ ހައިލައިޓްތަކަކީ އައްލޫ ސާޅީގައި ނެށުމާއި ތަޅާފޮޅުންތަކެއް ދައްކައިލުމެވެ. މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ޕުޝްޕާ 2" ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އޮގަސްޓް 15 ގަ އެވެ. މި ފިލްމަކީ ޑައިރެކްޓަރު ސުކުމާރު 2021 ގައި ގެނެސްދިން "ޕުޝްޕާ: ދަ ރައިޒް" ގެ ސީކްއެލް އެވެ.
ދެވަނަ ބައިން ވެސް އައްލޫއާ އެކީ ފުރަތަމަ ބައިގެ ބައެއް ތަރިން ފެންނާނެ އެވެ. އޭގެ ތެރޭގައި ރަޝްމިކާ މަންދަނާ އާއި ފާހަދު ފާސިލް ހިމެނެ އެވެ.
"ޕުޝްޕާ" އަކީ އައްލޫ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ލިބުނު ފިލްމެކެވެ.