Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

ބިއޯންޑްގެ ސީދާ ދަތުރުތައް ދުބާއީ އަށް

ދުނިޔޭގެ އެންމެ ފުރަތަމަ ލަގްޒަރީ އެއާލައިން ކަމަށްވާ އަދި ރާއްޖޭގެ ކުންފުނި ސިމްޑީން ހިއްސާވާ ބިއޯންޑްގެ ދަތުރުތައް ދުބާއީ އަށް ވެސް ފަށައިފި އެވެ.

އެ އެއާލައިނުން ބުނީ ބިއޯންޑް އިން ރާއްޖެ އާއި ދުބާއީއާ ދެމެދު ކުރާނީ ސީދާ ދަތުރުތައް ކަމަށެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންނެވެ. އެގޮތުން ރާއްޖެ އާއި ދުބާއީއާ ދެމެދު ހަފުތާ އަކު ހަތަރު ފްލައިޓް ބާއްވާނެ އެވެ.

ބިއޯންޑްގެ ދަތުރުތައް ރަސްމީކޮށް އިފުތިތާހުކުރީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ އޮކްޓޯބަރު 9 ގަ އެވެ. އޭގެ ދަތުރުތަކަށް ބޭނުން ކުރަނީ އެއާބަސް އޭ319 މަރުކާގެ 44 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ބިއޯންޑްގެ އެންމެ ފުރަތަމަ ދަތުރުތައް ފެށީ ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އެވެ. އެ އެއާލައިނުން ދަތުރުތައް ކުރާ ގައުުތަކުގެ ތެރޭގައި ޖަރުމަނާއި ސްވިޓްޒަލޭންޑް ވެސް ހިމެނެ އެވެ.

ބިއޯންޑް އަކީ ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އާއިލީ މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީ އާއި ޔޫއޭއީގެ އަރަބެސްކް ގުޅިގެން އުފައްދާފައިވާ އެއާލައިނެކެވެ.