Last Updated: July 22, 11:21
Wednesday, July 22, 2026
މުނިފޫހިފިލުވުން

އަނިލް ވެސް ސްޕައިސް ޔުނިވާސް އަށް

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސްގެ ކުރިއަށް ހުރި ފިލްމުތަކުގައި ހިއްސާވާން އެ ސްޓޫޑިއޯއާ އެކު އޭނަ އެއްބަސްވުމެއް ހަދައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި އެއްބަސްވުމުގެ ދަށުން އަނިލް މަސައްކަތް ކުރާނެ ފުރަތަމަ ފިލްމަކީ ބަތަލާ އާލިއާ ބަޓާއި ޝަރްވާރީ ވާގް ހިމަނައިގެން މި އަހަރުގެ ފަހުކޮޅު ފަށަން ހަމަޖެހިފައިވާ ސްޕައި ޔުނިވާސްގެ ފުރަތަމަ އަންހެން ލީޑް ފިލްމުގައި ކަމަށެވެ.

ޝިވް ރަވައިލް ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމުގެ ވިލަން އަކީ ބޮބީ ޑިއޯލް ކަމަށް މިދިޔަ މަހު ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ސްޕައި ޔުނިވާސްގެ ފިލްމުތަކުގައި އަނިލް ކުޅޭނީ ރޯ އެޖެންޓެއްގެ ރޯލެވެ. އޭނަ މީގެ ކުރިން ވެސް ވައިއާރްއެފްގެ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ "ލަމްހޭ" އާއި "ވިޖޭ" އިތުރުން އެ ސްޓޫޑިއޯގެ "ތަޝަން" ހިމެނެ އެވެ.

މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަދި އުމުރުން 67 އަހަރުވީ ވެސް ޒުވާން ކަމަށް ބަދަލެއް ނާންނަ އަނިލްގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ރިލީޒްކުރި "ފައިޓާ" އެވެ.