Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ކޮލަމާފުށި ބިން ހިއްކަން ފަށަން ތައްޔާރުވެއްޖެ

ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 3 އޭޕްރިލް ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 284,145 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 823 މީޓަރުގެ ސަރަޙައްދެއްގައި ޑްރެއިނޭޖް ބަޔޯސްވޭލްއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

ގއ. ކޮލަމާފުށި ބިން ހިއްކުމުގެ މަޝްރޫއަކީ 41.04 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.