Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ޖަލްސާ އޮންނާނީ މިރޭ 8:45 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ހަނދާ ބެހޭ ގޮތުން ނިންމާ ނިންމުން ޓީވީ އާއި ރޭޑިއޯ އަދި މިނިސްޓްރީގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ލައިވް ކުރާނެ އެވެ.

ފަލަކީ އިލްމުވެރިންނާއި ދީނީ ކޮމިޓީތަކުން ލަފާކުރާ ގޮތުގައި ޝައްވާލް މަހުގެ ހަނދު މިރޭ ފެނުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ސަބަބަކަށް ވަނީ، ޝައްވާލް މަހުގެ ހަނދު އުފަންވެ މާދަމާ އިރު އޮއްސުމުގެ މާ ކުރިން އޮއްސޭނެ ކަމަށް ދައްކާތީ އެވެ.

ހިޖުރީ ކަލަންޑަރުގައި ވެސް ވާ ގޮތުން ފިތުރު އީދު ދުވަހަށް ވާނީ މި މަހުގެ 10 ވާ ބުދަ ދުވަހެވެ.