Last Updated: May 2, 21:43
Friday, May 3, 2024
ޚަބަރު

ފެރިދޫގައި ޒުވާން ޙަތީބުން ތަމްރީނު ކުރަނީ

އިމާމުވެ ހުކުރު ކުރާނެ ޙަތީބުންނާއި ބަންގި ގޮވާނެ ކުދިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް އއ. ފެރިދޫގައި ފަށަން ނިންމައި ބައިވެރިވާން ހުޅުވާލައިފި އެެވެ.

އެ ރަށު ކައުންސިލުން ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުދިންނަށެވެ. މި ޕްރޮގްރާމްގައި ފެރިދޫގައި ރަޖިސްޓްރީވެފައިވާ ކުދިންނާއި އއ. އަތޮޅު މަދަރުސާގައި ތަޢުލީމު ހާޞިލު ކުރަމުން އަންނަ ދަރިވަރުންނަށް ބައިވެރިވެވޭނެ އެވެ.

އެހެންވެ ޝައުގުވެރިވާ ކުދިން ކައުންސިލުގެ ރަސްމީ ވައިބަ ނަމްބަރަށް 9931313 އަށް، "ހުތުބާ ކިޔުމާއި ބަންގި ގޮވަން ދަސްކޮށްދޭ ޕްރޮގޮރާމްގައި ބައިވެރިވުން އެދި" ލިޔެފައި އައިޑީ ކާޑުގެ ކޮޕީއަކާ އެކީ މި މަހުގެ 18 މެންދުރު ފަހު 2:00 ގެ ކުރިން ފޮނުވުމަށް ކައުންސިލުން އެދިފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ދާދި ފަހުން ތަމްރީނު ކުރި ޒުވާން ޚަބީތުން ވަނީ މި ރޯދަ މަހު ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރުކޮށްފަ އެވެ. އެ ޕްރޮގްރާމް ހާއްސަކޮށް ކުރީ ގްރޭޑް 10، 11 އަދި 12 ކިޔަވައި އަދި ކިޔެވުން ނިންމާފައިވާ ދަރިވަރުންނަށެވެ.