Last Updated: May 5, 21:32
Sunday, May 5, 2024
ރިޕޯޓް

ރޯދަ ރަހަ: ޓެރިޔާކީ ޗިކެން

* ބޭނުންވާ ތަކެތި:

500 ގްރާމް ބޯންލެސް ކުކުޅު
½ ސައިސަމުސާ ލޮނު
½ ސައިސަމުސާ މުގުރި އަސޭމިރުސް
½ ސައިސަމުސާ މުގުރި ދިރި
½ ސައިސަމުސާ ތެޅި މިރުސް
2 ސައިސަމުސާ ފުށް
4 މޭޒުމަތީ ސަމުސާ ތެޔޮ
½ ޖޯޑު ފްރެޝް އެސް.ޓީ ޓެރިޔާކީ ސޯސް
½ ސައިސަމުސާ މުގުރި ރާޅު މިރުސް
3 ލޮނުމެދު (ކުދިކޮށް ކޮށާފައި)
½ އިންޗި އިނގުރު (ކުދިކޮށް ކޮށާފަ)

* ތައްޔާރު ކުރާނެ ގޮތް:

1. އެންމެ ފުރަތަމަ ކުކުޅު ކޮޅު 1 އިންޗީގެ އެތިކޮޅުތަކަކަށް ކޮށާލާށެވެ.
2. ލޮނާއި، އަސޭމިރުހާއި، ތެޅި މިރުހާއި އަދި ދިރި ކުކުޅަށް އަޅާފަ އަތުން ރަނގަޅަށް އެ އެއްކޮށްލާށެވެ. ދެން އެއަށް 2 ސައިސަމުސާ ފުށް އަޅާފަ ހުރިހާ ކުކުޅު ކޮޅެއްގައި ހޭކިފަ ހުންނަވަރަށް އެއްކޮލާށެވެ.
3. އެއަށްފަހު ކުޑަ ތަވަޔަކަށް 3 މޭޒުމަތީ ސަމުސާ ތެޔޮ އަޅާށެވެ. ދެން ކުކުޅު ކޮޅު އެޔަށް އަޅާފަ މެދު ގިނީގައި 15 މިނެޓް ވަންދެން ނުވަތަ ކުކުޅު ކޮޅަށް ރަން މުށި ކުލައެއް އަރަންދެން ތެލުލާށެވެ. ދެން ކުކުޅު ތައްޓަކަށް ނަގާފަ ބަހައްޓާށެވެ.
4. ދެން ލޮނުމެދާއި އިނގުރު ކޮޅު ވަރަށް ކުދިކޮށް ކޮށާލާށެވެ.
5. ތަވަޔަކަށް 1 މޭޒުމަތީ ސަމުސަލުގެ ތެޔޮ ފޮދެއް އަޅާށެވެ. ދެންމެ ކޮށި ލޮނުމެދާއި އިނގުރުކޮޅު އަޅާލާފަ އެއަށް މުށި ކުލައެއް އަރަންދެން ކައްކާލާށެވެ.
6. ދެން ½ ޖޯޑު ފްރެޝް އެސް.ޓީ ޓެރިޔާކީ ސޯސް އާއި ½ ސައިސަމުސާ މުގުރި ރާޅު މިރުސް އެއަށް އަޅާފަ މެދު ގިނީގައި 2 މިނެޓް ވަންދެން ކައްކާށެވެ. ކައްކާނީ ބޮކިޖަހާ ކެކި ގަންނަން ފަށާ ވަރަށެވެ.
7. އެންމެ ފަހު ކަމަކަށް ކުރިން ތެލުލި ކުކުޅު ސޯސްގަނޑަށް އަޅާފަ ރަނގަޅަށް އެއްކޮށްލާށެވެ. ދެން މަޑު ގިނީގައި އިތުރު 1 މިނެޓަށް ކައްކާލާށެވެ. މި ޓެރިޔާކީ ޗިކެން ބަތާއެކީ ކާލަން ވަރަށް މީރުވާނެއެވެ.

ރެސިޕީ: ލޮނުމެދު