Last Updated: July 27, 18:03
Tuesday, July 28, 2026
ޚަބަރު

ކުޅުދުއްފުށްޓައް ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް

ހދ. ކުޅުދުއްފުށީ ރައްޔިތުންނަށް މި މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ފެނަކަ އިން ނިންމައިފި އެވެ.

ފެނަކަ އިން ބުނީ ރޯދަ މަހު ކުޅުދުއްފުށީ ރައްޔިތުންނަށް ކަރަންޓް ލިބުމުގައި ދިމާވި ދަތިތަކަށް މައާފަށް އެދޭ ކަމަށާއި ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން ކުރަންޖެހޭ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމަށެވެ. މިގޮތުން މިހާރުވެސް އާ ޖެންސެޓެއް ގެންދެވި އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އޭގެއިން ވަގުތީ ހައްލެއް ލިބޭނެ ކަމަށް ފެނަކަ އިން ބުނެ އެވެ.

ރޯދަ މަހު ކަރަންޓް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ކުޅުދުއްފުށީ ރައްޔިތުން އުފުލަން ޖެހުނު ތަކުލީފުތަކަކީ އެ ކުންފުނިން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމަކަށް ވާތީ، އެކަމުގެ ފުރިހަމަ ޒިންމާ ނެގުމުގެ ގޮތުން ކުޅުދުއްފުށީ ރައްޔިތުންނަށް މި މަހުގެ ކަރަންޓް ބިލުން 50 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.

ފެނަކަ އިން ވަނީ ފާއިތުވި ފަސް އަހަރު ބޮޑެތި އިހުމާލުތަކެއް ވެފައިވުމުގެ ސަބަބުން އެތައް ރަށެއްގެ ކަރަންޓަށް ދިމާވަމުންދާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފަ އެވެ.