Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

މާލޭގައި ފަގީރެއްގެ ބޮލަކަށް 8،000ރ.

މާލޭގައި ފަގީރެއްގެ ބޮލަކަށް 8،000ރ. ގެ މަގުން ފިތުރު ޒަކާތް ބަހަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މާލޭގައި ފަގީރުންގެ ގޮތުގައި ދަފުތަރު ކުރެވިފައިވާ ކޮންމެ މީހެއްގެ ބޭންކު އެ ކައުންޓަށް އެ ފައިސާ ޖަމާވާނެ ކަމަށެވެ.

"އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ އާއިލާތަކަށް ވެސް ފިތުރު ޒަކާތުން އެހީތެރިކަން ލިބޭނެ،" މިނިސްޓަރު ވިދާޅުވި އެވެެ. "ކުޑަކުދިންގެ ހިޔާއާއި ހާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިތުރު ޒަކާތުން ލިބޭނެ."

ޒަކާތު ހައުސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ފިތުރު ޒަކާތާތުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރޯދަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 4.49 މިލިއަން ރުފިޔާ ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް ވެސް އިއްޔެ ވަނީ ބަހަން ފަށައިފަ އެވެ.

މިދިޔަ އަހަރު ފިތުރު ޒަކާތުގެ ގޮތުގައި 9 މިލިއަން ރުފިޔާ ލިބުނެވެ. އަދި މާލެއިން 1،736 މީހަކަށް ބޮލަކަށް ބެހީ 3،450ރ. އެވެ.

ފަގީރުންގެ ދަފުތަރުގައި ޖުމުލަ 8،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވެ އެވެ.