Last Updated: May 5, 13:23
Sunday, May 5, 2024
ޚަބަރު

ރާއްޖެ އަށް އިތުރު ކްރޫޒްލައިނާއެއް އަތުވެއްޖެ

ދެހާހަށް ވުރެ ގިނަ މީހުންނާ އެކީ ރާއްޖެ އަށް އިތުރު ކްރޫޒްލައިނާއެއް ޒިޔާރަތްކޮށްފި އެވެ.

މި އަހަރުގެ 8ވަނަ ކްރޫޒްލައިނާ އައީ އިޓަލިންނެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން ބުނީ މާލޭގައި މިހާރު ބަނދަރުކޮށްފައި އޮތް "އެމްއެސް އައިޑަބެލާ" 2،148 ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ.

މެލޭޝިއާއިން ފުރައިގެން އެ އުޅަނދު މާލެ އައީ ހެނދުނު 6:30 އެހާކަށްހާ އިރު އެވެ. "އެމްއެސް އައިޑަބެލާ" މާލޭގައި ދެ ދުވަސް މަޑުކުރަން ހަމަޖެހިފައިވާ އިރު ކްރޫޒްލައިނާ އިން ޓޫރިސްޓުން މާލެ ފައިބާފައިވެ އެވެ.

"އެމްއެސް އައިޑަބެލާ" ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތޭރެގައި ވެސް ރާއްޖެ އައ އެވެ. އެ ފަހަރު އައީ 2008 ޓޫރިސްޓުންނާ އެކީގަ އެވެ.

މާޔާ އިން ބުނީ މި މަހުގެ ތެރޭގައި އިތުރު ތިން ކްރޫޒްލައިނާ މާލެ އަންނަން ހަމަޖެހިފައިވާ ކަމަށެވެ.