Last Updated: April 30, 22:02
Tuesday, April 30, 2024
ދުނިޔެ

އީލޮން މަސްކް އުނބަށް ޖަހައިފި!

އަގު ނަގައިގެން ވެރިފިކޭޝަން ދޭން ކުރީގެ ޓްވިޓާ އަދި މިހާރުގެ އެކްސް އިން ނިންމާފައި އޮތް އޮތުން ބަދަލުކޮށް، ވަކި މިިންވަރަކަށް ފޮލޯވަރުން ތިބޭ މީހުނަށް ހިލޭ ވެރިފިކޭޝަން ދޭން ދޭން ފަށައިފި އެވެ.

އެކްސްގެ މިހާރުގެ ވެރިޔާ މަޖުހަނު އީލޮން މަސްކް މި ބަދަލާ ގުޅޭ ގޮތުން ވިދާޅުވީ 2،500 ވެރިފައިޑް ސަބްސްކައިބަރުން ތިބޭ މީހުންނަށް ހިލޭ ޕްރީމިއާ ފީޗާ ވެސް ލިބޭނެ ކަމަށާއި އަދި 5،000 ވެރިފައިޑް ސަބްސްކްރައިބަރުން ތިބޭ މީހުންނަށް ހިލޭ ޕްރީމިއަމް ޕްލަސް ފީޗާ ވެސް ހިލޭ ލިބޭނެ ކަމަށެވެ.

ދެހާސް ބާވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ޓްވިޓާ ބައްލަވައިގަތުމަށް ފަހު އީލޮން ގެންނެވި އެންމެ ބޮޑު އެއް ބަދަލަކީ ވެރިފިކޭޝަން ދަމަހައްޓަން މަހަކު 8 ޑޮލަރުގެ ފީއެއް ނަގަން ފެށުމެވެ. މި ނިންމުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެ، އޭރު ބައެއް މީހުން ޓްވިޓާ ބޭނުން ކުރުން ވެސް ހުއްޓައިލި އެވެ.

ޓްވިޓާގެ ނަން "އެކްސް" އަށް ވެސް ބަދަލުކޮށް، ކުންފުނިން ކުރިން ގެންގުޅެމުން އައި ގިނަ އުސޫލުތަކެއް އީލޮން ބަދަލު ބަދަލުކުރެއްވި އެވެ. އެގޮތޮން ވެރިފިކޭޝަން އަގު ނަގަން ފެށުން ވީ ވަރަށް ގިނަ ބަޔަކު ހިތްހަމަނުޖެހުނު ކަމަކަށެވެ.

ނަމަވެސް މިހާރު އެ ނިންމުން އުނބަށް ޖެހުމަށް ފަހު އީލޮން ވިދާޅުވެފައި ވަނީ ސަބްސްކްރިޕްޝަން ފީ ނުދެއްކިޔަސް ވެރިފިކޭޝަން ދީފައި ވަނީ އެކްސްގައި ނުފޫޒު ގަދަ މީހުންނަށް ކަމަށެވެ. އަދި ކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި ވެރިފިކޭޝަން އަތުލެވޭނެ ކަމަށް ވިދާޅުވި އެވެ.

އީލޮން ވިދާޅުވެފައިވާ ގޮތުގައި ވެރިފިކޭޝަނަށް އަގު ނަގަން ނިންމި މައިގަނޑު ސަބަބަކީ ފަތުރާ މައުލޫމާތުތަކަށް އޮންނަ އިތުބާރު ބޮޑުކޮށް ދިނުމެވެ. ސަބަބަކީ އާންމު އުސޫލުން ވެރިފިކޭޝަން ދެމުން އައީ މަޝްހޫރު އަދި ނުފޫޒު ގަދަ މީސްމީހުންނަށް ކަމަށްވާތީ އެވެ.