Last Updated: May 5, 19:21
Sunday, May 5, 2024
ޚަބަރު

އުރީދޫން އީދަށް ހާއްސަ އޮފާތަކެއް

ހުޅުމާލޭގައި ޤާއިމްވެފައިވާ އުރީދޫ މައި އޮފީސް އިމާރާތް / ފޮޓޯ: އުރީދޫ

ފިތުރު އީދުގެ މުނާސަބަތުގައި އުރީދޫއިން ހާއްސަ އޮފަރތަކެއް އިއުލާނު ކޮށްފިއެވެ.

އުރީދޫއިން ބުނެފައިވަނީ މިއީ ކަސްޓަމަރުންނަށް އީދުގައި ރައްޓެހިންނާއި އާއިލާއާއި ގުޅުންބަދަހި ކުރުމުގައި އުރީދޫއިން ހާއްސަކޮށް ތައްޔާރުކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހަދިޔާއް ކަމަށެވެ.

މި އޮފަރގެ ދަށުން ވީޑިއޯކޯލް ކުރުމާއި، ސޯޝަލް މީޑިއާ ނުވަތަ ހަދިޔާއެއް ފޮނުވަން ވިޔަސް އުރީދޫ މެދުވެރި ކޮށް މިއީދު ކުލަގަދަކޮށް ފާހަގަ ކުރެވޭނެ މަގު ވަނީ ފަހިވެފައެވެ.

އެގޮތުން އީދު ޕެކްގެ ގޮތުގައި އީދު ޕެކް އެކްޓިވޭޓް ކޮށްގެން އަންލިމިޓަޑް ސޯޝަލް މީޑިއާ، ކޯލް އަދި 5 ޖީބީ ޑޭޓާ 2 ދުވަހަށް އެންމެ 50 ރުފިޔާއަށް ލިބޭނެއެވެ. އީދު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށްގެން 100ޖީބީ އަދި އުރީދޫ އަށް ހިލޭ ގުޅޭނެއެވެ. އަދި ކަސްޓަމަރުންނަށް މި ޕެކް 3 ދުވަހަށް 100ރ އަށް ނުވަތަ 5 ދުވަހަށް 150ރ އެކްޓިވޭޓް ކުރެވޭނެއެވެ. ގިފްޓް އަ ޕެކްއިން ޑޭޓާ ޕެކް ރައްޓެއްސަކަށް ނުވަތަ އާއިލާ މީހަކަށް ހަދިޔާ ކުރުމުގެ ފުރުސަތު އުރީދޫ މެދުވެރިކޮށް ފޮނުވޭނެއެވެ. އަދި ޓެކްސްޓް އަ ކޮފީ އުރީދޫ އެޕް މެދުވެރިކޮށް ރައްޓެހިންނަށް ހަދިޔާއެއް ފޮނުވާލައިގެން 1 ޖީބީ ހިލޭ ލިބޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތުދެއެވެ.

މި އޮފަރތައް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.