Last Updated: July 22, 11:21
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ހީރާމަންޑީ" ގެ ޓްރެއިލާއިން އިތުރު ޝައުގުވެރިކަން

އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ޝައުގުވެރިކަން ގެނުވައިދޭ ހާދިސާތަކަކާ އެކީ ޓްރެއިލާ އާންމުންނަށް ދޫކޮށްލި އިރު، މި ސީރީޒް އަންނަ މަހުގެ 1 ގައި ނެޓްފްލިމްސް އިން ޕްރީމިއާކުރާނެ އެވެ. "ހީރާމަންޑީ" އަކީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން ލާހޯރްގެ ރެޑް ލައިޓް އޭރިގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ.

މީގެ މައިގަނޑު ބަތަލާއިންގެ ތެރޭގައި ސޮނާކްޝީ ސިންހާ، މަނީޝާ ކޮއިރަލާ، އަދިތީ ރާއޯ ހައިދަރީ، ރިޗާ ޗައްޑާ، ސަންޖީދާ ޝެއިހް އަދި ޝަރުމިން ސޭގަލް ހިމެނެ އެވެ. "ހީރާމަންޑީ" ގެ ބަތަލުންގެ ތެރޭގައި ފަރުދީން ޚާނާއި ޝޭކަރް ސުމަން އާއި އޭނަގެ ދަރިފުޅު އަދިޔަޔަން ސުމަންގެ އިތުރުން ތާހާ ޝާހް ހިމެނެ އެވެ.

"ހީރާމަންޑީ" ޑައިރެކްޓްކޮށްފައި ވަނީ ބަންސާލީ އާއި މިތަކްޝަރާ ކުމާރެވެ. މީގެ ހާއްސަ އެއް ކަމަކީ ބަންސާލީގެ މިއުޒިކް ވެސް ސީރީޒްގައި ހިމެނުނެވެ.

ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ 2022 ގެ "ގަންގޫބާއީ ކަތިއަވާޅީ" އެވެ. އަންނަ އަހަރު އޭނަ "ލަވް އެންޑް ވޯ" ކިޔާ ފިލްމެއް ގެނެސްދޭނެ އެވެ.