Last Updated: May 3, 06:00
Friday, May 3, 2024
ޚަބަރު

"އީދޭ އައީ" ގެ ނަމުގައި މަދަހަ އަލްބަމެއް

މިއަދު ފާހަގަ ކުރަމުން އަންނަ ފިތުރު އީދާ ގުޅުވައިގެން "އީދޭ އައީ" ގެ ނަމުހައި އިސްލާމިކް މިނިސްޓްރީން މަދަހަ އަލްބަމެއް ނެރެފި އެެވެ.

އީދު ނަމާދަށް ފަހު އަލްބަމް ނެރެދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.

މިނިސްޓަރު ވިދާޅުވީ މަދަހަ އަލްބަމެއް ނެރުމުގެ މަގުސަދަކީ އީދުގެ މުނާސަބު ބޭނުން ކުރާނެ މަދަހަތަކެއް ގެނެސްދިނުމުގެ ގޮތުން ކަމަށެވެ. އަދި ވީހާ ވެސް ގިނަ މީހުން އެ މަދަހަތައް އަޑުއަހައި ބޭނުން އިލްތިމާސްކުރެއްވި އެވެ.

މަދަހަ އަލްބަމްގައި ކުރީގެ މަދަހަތަކާއި ފަހުގެ މަދަހަތައް ވެސް ހިމެނެ އެވެ. މަދަހަ އަލްބަމް މިހާރު ހިލޭ ޑައުންލޯޑް ވެސް ކުރެވޭނެ އެވެ.

މަދަހަ އަލްބަމްގައި ހިމެނޭ މަދަހަތަކުގެ ތެރޭގައި “ޢީދޭ އައީ”، “ޢީދުއައީ ހިނިތުންވަމުން”، “ޢީދު މުބާރަކް”، “ބަރަކާތްތެރި ޢީދުގެ ސަލާމް” އަދި “ތަހުނިޔާ ދޭށޭ ކިޔާ" ފަދަ މަދަހަތައް ހިމެނެ އެވެ.