Last Updated: May 5, 17:33
Sunday, May 5, 2024
ޚަބަރު

މަޓާޓޯ އިން އިންޑިއާގެ ސަފީރާ ބައްދަލުކޮށްފި

އިންޑިއާގެ ޓޫރިސްޓުން ރާއްޖެ ގެނައުމާއި އެ ގައުމުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމާ ގުޅޭ ގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ރާއްޖޭގައި ހުންނަވާ އިިންޑިއާ ސަފީރު މުނު މަހާވަރާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެެ.

އިއްޔެ އެ ބައްދަލުވުން އޮތީ އިންޑިއާ ހައި ކޮމިޝަންގަ އެވެ.

ބައްދަލުވުމާ ގުޅޭ ގޮތުން މަޓޯޓާ އިން ބުނީ އިންޑިއާގެ އެކި ސިޓީތަކުގައި ރޯޑްޝޯތައް ބޭއްވުމާއި އިންޑިއާގެ މީޑިއާތަކުގެ މީހުން ގެނައުން ފަދަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އިންޑިއާ އަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. ނަމަވެސް މި އަހަރު ފެށުނު އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިގޮތަށް ދިމާވުމުގެ އަސްލަކަށްވީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާއަށާއި އެ ގައުމުގެ ބޮޑުވަޒީރަށް ކުޑައިމީސްކޮށް ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.

މިކަމާ ވިދިގެން އިންޑިއާ މީހުން ޗުއްޓީ އަށް ރާއްޖެ ދިއުން ހުއްޓާލައި، އިންޑިއާގެ ދަށުގައި އޮންނަ ލަކްޗަޝަދީޕަށް ދާން ގޮވާލައި ކެމްޕޭންތަކެއްކޮށްފައިވެ އެވެ.

އިންޑިއާ މިހާރު ރާއްޖެ އަށް އެންމެ ޓޫރިސްޓުންނ އަންނަ 10 ގައުމުގެ 6 ވަނައިގަ އެވެ،

ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކޮށް މާކެޓްކުރާ ސަރުކާރުގެ ކުންފުނި، އެމްއެމްޕީއާރްސީން ބުނެފައި ވަނީ އިންޑިއާގެ ޓޫރިސްޓުން އިތުރު ކުރެވޭނެ ކަމަށާއި އެކަމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.