Last Updated: May 6, 11:59
Monday, May 6, 2024
ރިޕޯޓް

ރޯދަ ރަހަ: ރޯސް ބާފީ

* ބޭނުންވާ ތަކެތި:

¼ ޖޯޑު ގިތެޔޮ
½ ޖޯޑު ކިރު 2 މޭޒުމަތީ ސަމުސާ ލޫނާ ފުލްކްރީމް މިލްކް ޕައުޑަރާއި ½ ޖޯޑު ފެން (ގިރާފައި)
2 ޖޯޑު ލޫނާ ފުލް ކްރީމް މިލްކް ޕައުޑަ
3/1 ޖޯޑު ހަކުރު
¼ ޖޯޑު ރޯސް ސިރަޕް
2 މޭޒުމަތީ ސަމުސާ ޕިސްޓާށިއޯ (ކުދިކޮށް ކޮށާފައި)
2 މޭޒުމަތީ ސަމުސާ އަލްމަންޑް (ކުދިކޮށް ކޮށާފައި)

* ތައްޔާރު ކުރާނެ ގޮތް:

1. އެންމެ ފުރަތަމަ ތަވައެއް ހޫނުކޮއްފަ ¼ ޖޯޑު ގީ އަޅާށެވެ. ދެން އެޔަށް ގިރާފަހުރި ކިރާއި، ލޫނާ ފުލް ކްރީމް މިލްކް ޕައުޑަރާއި ހަކުރު އަޅާށެވެ.
2. ހުއްޓާނުލާ ހަލަމުން މެދު ގިނީގައި ކައްކާށެވެ. ލޫނާ ފުލްކްރީމް މިލްކް ޕައުޑަރު އެއްކޮށް އެއްވުމުން ¼ ޖޯޑު ރޯސް ސިރަޕް އަޅާށެވެ.
3. ކިރުގަނޑު ކޮންމެވެސް ވަރެއްގެ ހަރު ފުއްގަޑަކަށްވެ ތެލިން ނެއްޓޭ ވަރުވަންދެން ހުއްޓާނުލާ ހަލަމުން 10 މިނެޓް ވަންދެން ކައްކާށެވެ.
4. ހަތަރެސްކަން ޓްރޭއެއްގެ ފެލުގައާއި އަރިމަތީގައި 1 ސައިސަމުސާ ބަޓަރު ހޭކުމަށް ފަހު ޓްރޭޔަށް ވުރެ ކުޑަ ތަން ކޮޅެއް ބޮޑު ބޭކިންގް ކަރުދާސްގަނޑެއް އަޅާށެވެ. ބެކިންގް ކަރުދާސް ތަބަކުގެ ތެރެއަށް ފައްތާ އޮމާން ކޮއްލާށެވެ.
5. ކުރިން ހެދި ކިރުގަނޑު ބޭކިންގް ޓްރޭއަށް އަޅާފަ ދޭފަތަކުން ރީޗަށް އެއްވަރު ކޮށް އޮމާން ކޮއްލާށެވެ.
6. ދެން ކުދިކޮށް ކޮށާފަހުރި ޕިސްޓާޗިއއޯ އާއި އަލްމަންޑްސް ކޮޅު އޭގެ މައްޗަށް އަޅާފަ އަނެއްކާ ވެސް މަޑުމަޑުން ފިއްތާލާށެވެ.
7. ބާފީ ރަނގަޅު މިންވަރަކަށް ސެޓްކުރުމަށްޓަކާ ޓްރޭ އައިސް އަލަމާރިޔަށް ލާފަ 2 ގަޑިއިރު ވަންދެން ބަހައްޓާށެވެ.
8. ބާފީ ރަނގަޅަށް ސެޓްވުމުން ގޮޅިކޮށް ކޮށާލާށެވެ.