Last Updated: May 2, 21:43
Thursday, May 2, 2024
ރިޕޯޓް

ހެޔޮ މަރެއްގެ 10 އަލާމާތް!

ކޮންމެ މީހަކީވެސް އެމީހެއްގެ ޙަޔާތް ނިމިގެން ދާއިރު ހެޔޮ ނިމުމަކާއެކު ދާން ބޭނުންވާ މީހެކެވެ. ހެޔޮ ގޮތުގައި އުޅެ ހެޔޮ މަރަކުން މަރުވުމަކީ އެމީހަކަށް ޤިޔާމަތް ދުވަހުގައި ބާއްޖަވެރިކަން ލިބޭނޭ ކަމުގެ އުންމީދު ބޮޑު ކަމެކެވެ. ހެޔޮ މަރެއްގެ ތަފާތު އެކި ޢަލާމާތް ކީރިތި ޤުރްއާނާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.

1. ޝަހާދަތް ކިޔުމަށްފަހު މަރުވުން

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. مَنْ كَانَ آخِر كَلامِه لا إله إلاّ الله دَخَلَ الجنّةَ މާނައީ: ”އެމީހެއްގެ އެންމެފަހު ކަލިމައަކީ لا إله إلاّ الله ކަމުގައި ވެއްޖެނަމަ އެމީހަކު ސުވަރުގެ ވަދެއްޖެއެވެ.“

2. ނިއްކުރިމަތިން ދާހިއްލުން
3. ހަނގުރާމައިގެ މައިދާނުގައި ޝަހީދުވުން

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَلاَ تَقُولُوا لِمَنْ يُقْتَلُ فِي سَبيلِ اللّهِ أَمْوَاتٌ بَلْ أَحْيَاءٌ وَلَكِن لاَّ تَشْعُرُونَ މާނައީ: ”އަދި ﷲ ގެ މަގުގައި (ޖިހާދު ކުރަނިކޮށް) ޝަހީދުވާ މީހުންނާމެދު (އެއީ) މަރުވެފައިވާ ބައެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެއުރެންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެކަން) ތިޔަބައިމީހުންނަށް ނޭނގެނީއެވެ.“

4. ﷲ ގެ މަގުގައި މަރުވާ މީހާ: ހަނގުރާމައިގެ އެއްވެސް ޢަމަލެއްގައި ބައިވެރި ނުވިކަމުގައި ވިޔަސް ﷲ ގެ މަގުގައި މަރުވެގެންދާ މީހުންނަކީ ޝަހީދުންނެވެ.
5. ޠާޢޫން ބަލީގައި މަރުވާ މީހާއަކީ ޝަހީދެކެވެ.
6. ބަނޑުގެ ބައްޔެއްގައި މަރުވާ މީހާއަކީ ޝަހީދެކެވެ.
7. ޣަރަޤުވެގެން މަރުވާ މީހާއަކީ ޝަހީދެކެވެ.
8. ބިނާއެއްގެ ދަށުވެ މަރުވާ މީހާއަކީ ޝަހީދެކެވެ.
9. ފިހިގެން މަރުވާ މީހާއަކީ ޝަހީދެކެވެ.
10. ހެޔޮ ޢަމަލެއް ކުރުމުގައި ވަނިކޮށް މަރުވުން

މަސްދަރު: އިލްމު.އެމްވީ