Last Updated: July 22, 10:31
Wednesday, July 22, 2026
މުނިފޫހިފިލުވުން

ބަތަލާ ރަކުލް ރެސްޓޯރަންޓެއް ހުޅުވަނީ

އިންޑިއާގެ ޒުވާން ބަތަލާ ރަކުލް ޕްރީތު ރެސްޓޯރަންޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 16 ގައި ހައިދަރުއާބާދުގައި ހުޅުވަން ހަމަޖެހިފައިވާ މި ރެސްޓޯރަންޓްގެ ނަމަކީ "އަރަމްބަމް ސްޓާޓްސް ވިތު މިލެޓް" އެވެ. މި ރެސްޓޯޓަކީ އެންމެ މަޝްހޫރު ކްލައުޑް ކިޗަން އަދި އެފްއެންޑްބީ ކުންފުނި ކިއޯފުޑްސްއާ ގުޅިގެން ހުޅުވާ ތަނެކެވެ.

ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނުގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ރަކުލް ބުނި ގޮތުގައި އޭނަގެ ރެސްޓޯރަންޓްގެ އެންމެ ހާއްސަ ކަމަކީ ހެލްތީ ޑިޝްތަކެއް ލިބޭނެ ތަނަކަށްވުމެވެ. އަދިި އެތަން ޕްރޮމޯޓްކުރާނީ ވެސް ދުޅެހަޔޮ ސިއްހަތާ ގުޅޭ ތަނެއްގެ ގޮތުގައި ކަމަށް ބުންޏެވެ.

ދާދި ފަހުން ކުރީގެ އެކްޓަރު އަދި މިހާރުގެ ޕްރޮޑިއުސަރު ޖެކީ ބަގްނާނީއާ ކައިވެނުކުރި ރަކުލް ރެސްޓޯރަންޓްގެ ވިޔަފާރި އަށް ވަން އިރު، މިފަދަ ވިޔަފާރި ހިންގާ އިންޑިއާގެ މަޝްހޫރު ފިލްމީ ދާއިރާ އަށް ނިސްބަތްވާ އަންހެނުންގެ ތެރޭގައި ޝިލްޕާ ޝެޓީ އާއި ޕްރިޔަންކާ ޗޯޕްޅާ ހިމެނެ އެވެ.

ދާދި ފަހުން ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާން ވެސް މުމްބާއީގައި ރެސްޓޯރަންޓެއް ހުޅުވާފައިވެ އެވެ.