Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ރޭ ރޯވި ގޭގެ ހާލަތު ބަލަނީ

ރޭ މާލޭގައި އަލިފާން ރޯވި ގެއަށް ލިބުނު ގެއްލުންތައް ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ރޭ ރޯވީ މ. ރަބީއުވިލާގަ އެވެ. އެ ގޭގެ ހަތަރު ވަނަ ބުރީގައ ރޯވުމުގެ ސަބަބުން ތިން ވަނަ ބުރިއަށް ވެސް އަލިފާނުގެ އަސަރުކޮށްފައިވެ އެވެ. އެހެންވެ މުޅި އިމާރާތަށް ލިބުނު ގެއްލުންތައް މިހާރު ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަދި ރޯވި ބަޔަކީ މީހުން ދިރިނޫޅޭ ބައެކެވެ.

ރަބީއުވިލާގައި ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއަށް ލިބުނީ ރޭ 8:19 ހާއިރު އެވެ. އެ މައުލޫމާތު ލިބުމާއެކު، އެ ސަރަހައްދަށް އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްގެ ފަޔަ ފައިޓަރުން ގޮސް ހަރަކާތްތެރިވެފައެވެ. އަދި އަލިފާން އެއްކޮށް ނިއްވައިލެވުނީ 10:00 ޖަހައި ބޮޑުވި ފަހުންނެވެ.

އަލިފާން ނިއްވމުގެ މަސައްކަތް ކުރިއަށް ދިޔަ ވަގުތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެ ސަރަހައްދަށް ވަޑައިގެން ހާލަތު ބެއްލެވި އެވެ.