Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ފިހާރައެއް ފަޅާލައިގެން ވައްކަންކޮށްފި

މާލޭގެ ފިހާރައެއް ފަޅާލައިގެން ވައްކަންކޮށްފި އެވެ.

ރޭ ފަތިހު ފަޅާލައިފައި ވަނީ ގުލާބީ މަގުގައި ހުންނަ "އަލްބިޔާ މާޓް" އެވެ. ފިހާރަ ފަޅާލީ ފިހާރައިގެ މައި ދޮރު ފޭކޮށްގެން ވަދެ އެވެ. ފިހާރަ އިން ގިނަ އަދަދެއްގެ ޕެޓީ ކޭޝްއާއި، ފޯނެއްގެ އިތުރުން ސެންޓުފުޅިއެއް ވަގަށް ނަގާފައިވާ ކަމަށް ފިހާރަ އިން ބުންޏެވެ.

މި ފަހަކަށް އައިސް މާލެ ތެރޭގައި ވައްކަން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.