Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓު ގާއިމު ކުރަން ފަށައިފި

ފޮޓޯ: ޕީއެސްއެމް

އެގާރަ ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 11 ރަށެއްގައި އައިސްޕްލާންޓު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އައިސްޕްލާންޓް ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ށ. ކޮމަންޑޫ، ޅ. ނައިފަރު، އއ. ރަސްދޫ، މ. ވޭވަށް، ދ. ބަނޑިދޫ، ދ. މީދޫ، ހއ. އިހަވަންދޫ އަދި ގދ. ރަތަފަންދޫގައެވެ.

ފަސޭހައިން އައިސް ނުލިބުމުގެ ޝަކުވާ މަސްވެރިންކުރާއިރު، އައިސްޕްލާންޓް އިތުރުކުރުމަކީ މި ސަރުކާރުގެ ވެސް ވަރަށް ބޮޑު އަމާޒެކެވެ.