Last Updated: July 22, 10:31
Wednesday, July 22, 2026
ޚަބަރު

ފިލްމު "ހުރަސް" ގެ ބަތަލާ ނިޔާވެއްޖެ

ފިލްމު "ހުރަސް" ގެ ބަތަލާ މަރިޔަމް ރަޝީދާ ނިޔާވެއްޖެ އެވެ.

އުމުރުން 46 އަހަރުގައި އޭނަ ނިޔާވީ އިއްޔެ އެވެ. އެނގިފައިވާ ގޮތުގައި މަރިޔަމް ރަޝީދާ ނިޔާވީ ބަލިވެއުޅޭތާ ދުވަސްތަކެއް ފަހުންނެވެ. އޭނަ ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ވެސް ދެމުން ދަނިކޮށެވެ.

މަރިޔަމް ރަޝީދާގެ ޖަނާޒާ އޮތީ ރޭ މަޢުރިބާ ނަމާދަށް ފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

ޑައިރެކްޓަރު އަމްޖަދު އިބްރާހީމްގެ ފުރަތަމަ ފީޗާ ފިލްމު 1996 ގެ "ހުރަސް" އަކީ މަރިޔަމް ރަޝީދާ އާއި ޖަމްބު ހުސައިން އަފީފު ލީޑް ރޯލު ކުޅުނި ފިލްމެކެވެ. އެ ފިލްމުގެ އިތުރުން "ބަދުނާމު" ކިޔާ ޓީވީ ސިލްސިލާއެއް ވެސް މަރިޔަމް ރަޝީދާ ކުޅުނެވެ.