Last Updated: May 6, 15:27
Monday, May 6, 2024
ޚަބަރު

ކުޑަފަރީގައި ހިލޭ ވައިފައި ސްޕޮޓްތަކެއް

ނ. ކުޑަފަރީގައި އާންމުންނަށް ހާއްސަކޮށްގެން އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ހިލޭ ވައިފައި ލިބޭ ސްޕޮޓްތަކެއް ގާއިމުކޮށްފި އެވެ.

އެ ރަށު ކައުންސިލުން މިކަން ތައާރަފުކުރީ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުންނެވެ. އެގޮތުން އެބްމެ ފުރަތަމަ ވައިފައި ސްޕޮޓްތައް ހަދާފައި ވަނީ ގިނަ ބަޔަކު ތަފާތު ކުޅިވަރުތައް ކުޅެން ޖަމާވާ ކުޑަފަރީ "ކްލަބްހައުސް" ގަ އެވެ.

އެ ރަށު ކައުންސިލުން ބުނީ އަމާޒަކީ އަހަރު ނިމުމުގެ ކުރިން އިތުރު ދެ ސްޕޮޓަކަށް ވައިފައި ދޫކުރުން ކަމަށެވެ. ދެން ވައިފައި ދޫކުރަން ހަމަޖެހިފައި ވަނީ ސްޕޯޓްސް އެކަޑަމީ އާއި އެލްޑާލީ ކްލަބަށް ކަމަށް ބުންޏެވެ.

ސްޕޭސް އެކްސްގެ ސްޓާލިންކްކަނެކްޝަން ބޭނުންކޮށްގެން ވައިފައި ދޫކުރަން ނިންމާފައިވާ ތިން ސަރަހައްދަކީ ވެސް ރަށުގައި އާންމުން އެއްވެ އުޅޭ ތިން ސަރަހައްދު ކަމަށް ކައުންސިލުން ބުންޏެވެ. އަދި އިމާރާތަށް ވައިފައި ދޫކޮށްފައި ހުންނައިރު، މުޅި އެ ސަރަހައްދަށް ވެސް ވައިފައި ރޭންޖް ލިބޭނެ އެވެ. މިކަމަށް ހިނގާ ހުރިހާ ހަރަދެއް ހަމަޖައްސަނީ ކައުންސިލުންނެވެ.