Last Updated: July 28, 12:06
Tuesday, July 28, 2026
ޚަބަރު

ހޯރަ އިއްބެ ނިޔާވެއްޖެ

އެމްޑީޕީގެ ހަރަކާތްތަކުގައި ކުރިން ވަރަށް އިސްކޮށް އުޅުނު އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) ނިޔާވެއްޖެ އެވެ.

އޭނަ ބަލިވެގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދެވެ.

ހޯރަ އިއްބެ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމު ވެސް އަދާކުރެއްވި މީހެކެވެ. އޭނަގެ މައްޗަށް ކުޑަކުއްޖަޖަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެެއް ސާބިތުވެގެން 10 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ. އެ ހުކުމްކޮށްފައި ވަނީ ޖެނުއަރީ 12، 2013 ގަ އެވެ.

ނަމަވެސް ހުކުމްގެ މުއްދަތު ހަމަނުވަނީސް ހޯރަ އިއްބެ މިނިވަންކުރީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2018 ގަ އެވެ.