Last Updated: May 3, 06:00
Friday, May 3, 2024
މުނިފޫހިފިލުވުން

"ޗަމްކީލާ" މިހާރު އޮތީ ނެޓްފްލިކްސްގައި

ދިލްޖީތު ދޮސަންޖާއި ޕަރިނީތީ ޗޯޕްޅާ ލީޑް ރޯލު ކުޅުނު ފިލްމު "އަމަރު ސިންގް ޗަމްކީލާ" މިއަދު ނެޓްފްލިކްސް އިން ޕްރީމިއާކޮށްފި އެވެ.

މި ފިލްމަކީ "ޖަބް ވީ މެޓް" އާއި "ލަވް އާޖް ކަލް" އަދި "ރޮކްސްޓާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އިމްތިއާޒް އަލީގެ ފިލްމެކެވެ. "ޗަމްކީލާ" އަކީ އިންޑިއާގެ ޕަންޖާބްގެ ކުރީގެ މަޝްހޫރު މިއުޒިކީ ދެމަފިރިން ކަމަށްވާ އަމަރު ސިންގް ޗަމްކީލާ އާއި އަންހެނުން އަމަރުޖޯތު ކޯރްގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެކެވެ.

މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށް ދިނީ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހުމާނެވެ.

ސިނަމާތަކުގެ ބަދަލުގައި "ޗަމްކީލާ" ނެޓްފްލިކްސް އިން ބެލުންތެރިންނަށް ދޫކޮށްލުމުގެ ކުރިން ރޭ، މުމްބާއީގައި ފިލްމުގެ ހާއްސަ ސްކްރީނުން ބޮލީވުޑްގެ މީހުންްނަށް ބޭއްވި އެވެ. އެ ސްކްރީންގައި ގިނަ ބަޔަކު ބައިވެރިވެ، ފިލްމަށް ތައުރީފުކޮށްފައިވެ އެވެ.

"ޗަމްކީލާ" އަކީ ދިލްޖީތާއި ޕަރިތީނީ އެކީގައި ކުޅުނު ފުރަތަމަ ފިލްމެވެ.