Last Updated: May 20, 18:10
Monday, May 20, 2024
ޚަބަރު

ހަނިމާދޫ-ޓްރިވެންޑްރަމް ދަތުރުތައް އަލުން ފަށައިފި

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ހދ. ހަނިމާދޫ އާއި އިންޑިއާގެ ޓްރެވިންޑްރަމާ ދެމެދު އަލުން ސީދާ ދަތުރުތައް އިއްޔެ ފަށައިފި އެވެ.

މޯލްޑިވިއަނުން ހަނިމާދޫން އިންޑިއާގެ ޓްރެވިންޑްރަމް އަދި ކޮޗިންއަށް މީގެ ކުރިން ދަތުރު ކުރި އެވެ. އެ ދަތުރުތައް މެދުކަނޑާލީ ހަނިމާދޫ އެއާޕޯޓު ތަރައްގީގެ މަސައްކަތް ފެށުމަށެވެ. އަލުން ދަތުރުތައް އަލުން ފެށުން ފާހަގަ ކުރުމަށް ހަނިމާދޫ އެއާޕޯޓު ހިންގާ ރީޖަނަލް އެއާޕޯޓްސްއާ ގުޅިގެން މޯލްޑިވިއަން އިން ވަނީ ކުޑަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

މިއަދު ދަތުރުތައް އޮންނާނީ ހުކުރާއި ހޯމަ ދުވަހު އެވެ. ދަތުުރުތައް ކުރާނީ މޯލްޑިވިއަންގެ ޑޭޝް 8ގެ މަތިންދާބޯޓެއްގަ އެވެ.

މޯލްޑިވިއަމުން ބުނީ ހަނިމާދޫން ޓްރިވެންޑްރަމަށް އަލުން ފެށުމާ ގުޅިގެން ސީދާ ރާއްޖޭގެ އުތުރުން އެކި ބޭނުންތަކުގައި ޓްރެވިންޑްރަމްއަށް ދާ މީހުންނަށް ބޮޑު ފަސޭހައަކަށް ވާނެ ކަމަށެވެ. އެތަނަކީ ބޭސްފަރުވާ އާއި ވިޔަފާރީގެ ބޭނުންތަކަށް ގިނަ ދިވެހިން އާންމުކޮށް ދަތުރުކުރާ ތަނެކެވެ.