Last Updated: May 6, 18:19
Monday, May 6, 2024
ޚަބަރު

ގެއްލިގެން ހޯދި މީހަކު ފެނިއްޖެ

ހުޅުމާލެ ހިޔާ ފްލެޓުތަކާ ދިމާލުން އިއްޔެ ހަވީރު މޫދަށް ފޭބި ފަހުން ގެއްލިގެން ހޯދި މީހާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގެއްލިގެން ރޭ ހޯދީ ފުވައްމުލަކަށް ނިސްބަތްވާ އިބްރާހިމް ޝާހީން، 37، ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 9:30 ގަ އެވެ.

ފުުހުން ބުނީ ޝާހިން ގެއްލުނުކަމުގެ ރިޕޯޓް ލިބުމާ އެކީ އެމްއެންޑީއެފާއި ފުލުހުންގެ މެރިން ޕޮލިސް ގުޅިގެން އޭނަ ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި ޝާހީން ފެނުނީ ރޭ 12:00 ޖަހަން އުޅެނިކޮށް ހުޅުމާލެ ދެވަނަ ފިޔަވަހިން ކަމަށެވެ. އަދި ޝާހިންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.