Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

އިޓަލީގެ ފެޝަން ޑިޒައިނަރު ކަވާލީ މަރުވެއްޖެ

އިޓަލީގެ ނުފޫޒު ގަދަ ފެޝަން ޑިޒައިނަރު ރޮބާޓޯ ކަވާލީ މަރުވެއްޖެ އެވެ.

އޭނަ އިއްޔެ މަރުވިކަން ކުންފުނީގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ހިއްސާކުރި ނަމަވެސް މަރާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އިޓަލީގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުމުރުން 83 އަހަރުގެ ޑިޒައިނަރު މަރުވީ ބަލިވެ އުޅޭތާ ދުވަސްތަކެއް ފަހުންނެވެ.

ހަ ކުދިން ތިބި ކަވާލީ ފެޝަނުގެ ދުނިޔޭގައި ފައި ވިއްދައިލީ 1970 ގެ ތެރޭގަ އެވެ. އޭގެ ފަހުން އޭނަ ވެފައި ވަނީ އިޓަލީގެ އެންމެ ކާމިޔާބު އެއް ޑިޒައިނަރަށެވެ. ފެޝަނުގެ ތެރެއިން ކަވެލީގެ އެންމެ ހާއްސަ އެއް ސިފަކީ ޖަނަވާރުންގެ ހަމުގެ ޑިޒައިންތަކާ އެކީ ގެނެސްދޭ ލެދަރާއި ފޮތީގެ އުފެއްދުންތަކެވެ.

އޭނަގެ ވިޔަފާރީގެ ތެރޭގައި ސެންޓާއި ލެދަރުގެ އެކްސަސަރީސް ވެސް ހިމެނެ އެވެ.