Last Updated: May 6, 19:03
Monday, May 6, 2024
ޚަބަރު

މުލީ އެއާޕޯޓް ޖުލައި 26 ގައި ހުޅުވަން އަމާޒަކަށް

މ. މުލީ އެއާޕޯޓު މި އަހަރުގެ މިނިވަން ދުވަހު ހުޅުވޭ ވަރަށް ނިންމަން އެމްޓީސީސީން އަމާޒު ހިފައިފި އެވެ.

އެ އެެއާޕޯޓުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 212 މިލިއަން ރުފިޔާ އަށް ފެބްރުއަރީ 28، 2021 ގަ އެވެ. މަސައްކަތް ހަވާލުކުރީ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1،812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މުލީ އެއާޕޯޓް މަޝްރޫއަކީ 230.10 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެމްޓީސީސީން ބުނީ މަސައްކަތް ލަސްވެގެން ދިޔައީ ބަޖެޓުގެ މައްސަލަތަކާ ހެދި ކަމަށެވެ.

އެ ކުންފުނިން ބުނީ މިހާރު އަމާޒަކަށްވެފައި އޮތީ ނިންމައި ޖުލައި 26 ގެ ކުރިން އެއާޕޯޓްގެ މަސައްކަޔް ނިންމައި ސަރުކާރާ ހަވާލުކުރުމަށެވެ. އެމްޓީސީސީން ބުނީ މިހާރު ބާކީ ހުރި މަސައްކަތަކީ އެއާޕޯޓަށް ބޭނުންވާ ބިމުގެ ތެރެއިން ނުހިއްކައި ބާކީ އޮތް ސަރަހައްދު ހިއްކުމާއި ޓާމިނަލްގެ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ.