Last Updated: May 2, 18:49
Thursday, May 2, 2024
މުނިފޫހިފިލުވުން

ޖާންވީގެ ސިޔާސީ ފިލްމު ޖުލައިގައި

އިންޑިއާގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރްގެ ސިޔާސީ ފިލްމު "އުލާޖް" މި އަހަރުގެ ޖުލައިގައި ރިލީޒްކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޝޫޓިން ނިންމާފައި އޮތް ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ ޖުލައި 5 ގަ އެވެ. އެކަމަކު މިކަން "އުލާޖް" ގެ ޓީމުން ރަސްމީކޮށް ކަށަވަރުކޮށެއް ނުދެ އެވެ.

އަލަށް ޑައިރެކްޝަނަށް ނުކުތް ނުކުތް ސުދާންޝޫ ސޫރިއާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ބޮޑު ބައި އިނގިރޭސިވިލާތުގައި ޝޫޓްކޮށްފައިވާ ޖާންވީ ކުޅެފައި ވަނީ ޑިޕްލޮމެޓެއްގެ ރޯލެވެ. "އުލާޖް" ގެ ކާސްޓްގައި ގުލްޝަން ދެވިއާ، ރޯޝަން މެތިއު އަދި ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ސަޗިން ކެޑެކްރް އާއި އާދިލް ހުސައިން ވެސް ހިމެނެ އެވެ.

އާދިލް އަކީ ޖާންވީގެ މަންމަ ކުރީގެ ބަތަލާ ސްރީދޭވީގެ 2012 ގެ ފިލްމު "އިންގްލިޝް ވިންގްލިޝް" ގައި ސްރީދޭވީގެ ފިރިމީހާގެ ރޯލު ކުޅުނު އެކްޓަރެވެ.

މި އަހަރު ރިލީޒްވާން ހުރި ޖާންވީގެ ފިލްމުތަކުގެ ތެރޭގައި "މިސްޓަ އެންޑް މިސިޒް މާހީ" އާއި ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ "ދެވާރާ: ޕާޓް 1" ހިމެނެ އެވެ.