Last Updated: August 13, 17:24
Wednesday, August 13, 2025
ޚަބަރު

ބަނގުރާ ހަންތަކެއް ހިތަދޫން ހޯދައިފި

ހިތަދޫ ޕޮލިސް ސްޓޭޝަނުން ރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ސާމާނުތަކަކާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ހަންތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ރޭ 10:30 އެހާކަށްހާ އިރު ހިންގި މި އޮޕަރޭޝަނުގައި އެ ތަކެތި ފެނިފައި ވަނީ ޗައިނާ އިން ހިތަދޫގައި ފްލެޓްތައް އަޅަން ނިންމާފައިވާ ސަރަޙައްދުގެ ވަލު ތެރެއިންނެވެ.

ފުލުހުން ހޯދި ތަކެތީގެ ތެރޭގައި އުނދުނަކާއި ގޭސް ސިލިންޑަރެއްގެ އިތުރުން 20 ލީޓަރު ހަންތަކެއް ހިމެނެ އެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.