Last Updated: May 2, 19:20
Thursday, May 2, 2024
މުނިފޫހިފިލުވުން

ރާޖާއި ޖާންވީގެ ފިލްމު އަންނަ މަހަށް ފަސްކޮށްފި

ކުރިން މި މަހު ރިލީޒްކުރާ ގޮތަށް އޮތް ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަަޕޫރްގެ ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" އަންނަ މަހަށް ފަސްކޮށްފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައި އޮތީ މި މަހުގެ 19 ގަ އެވެ. ނަމަވެސް އެ ސްޓޫޑިއޯ އިން މިހާރު ވަނީ އަންމަ މަހުގެ 31 އަށް ފިލްމު ފަސްކުރިކަން އިއުލާންކޮށްފަ އެވެ. ޖާންވީ އާއި ރާޖް ވެސް ކްރިކެޓް ކުޅުންތެރިންގެ ގޮތުގައި ފެންނާނެ "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ދަރުމާ އިން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ

އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ސިދާތު މަލްއުތުރާ އާއި ޑިޝާ ޕަޓާނީގެ އިތުރުން ރާޝީ ކަންނާގެ އެކްޝަން ތުރިލާ "ޔޯދާ" އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "މިސްޓަ އެންޑް މިސިޒް މާހީ" އަކީ ރާޖާއި ޖާންވީ އެކީގައި ކުޅުނު ދެވަނަ ފިލްމެވެ. މި ދެ ތަރިން އެކީގައި މަސައްކަތްކުރި ފިލްމަކީ 2021 ގެ ހޮރޯ-ކޮމެޑީ "ރޫހީ" އެވެ. "މިސްޓަ އެންޑް މިސިޒް މާހީ" ގެ ޑައިރެކްޓަރަކީ ޖާންވީގެ 2020 ގެ ފިލްމު "ގުންޖަން ސަންސޭނާ: ދަ ކަރްގިލް ގާލް" ގެނެސްދިން ޝަރަން ޝަރުމާ އެވެ.

އަންނަ މަހަށް "މިސްޓަ އެންޑް މިސިޒް މާހީ" ފަސްކުރި އިރު، ލޯފަން މީހެއްގެ ރޯލު ރާޖް ކުޅުނު ބައޮގްރަފިކަލް ޑްރާމާ "ސްރީކާންތު ބޯލާ" އަންނަ މަހުގެ 10 ގައި ސިނަމާތަކަށް ގެންނާނެ އެވެ.