Last Updated: May 6, 21:20
Monday, May 6, 2024
ޚަބަރު

ނިލަންދޫ ވާނީ ފަހުރުވެރި އާބަން ސެންޓަރަކަށް

ރައްޔިތުން ފަހުރުވެރިވާ ފަދަ އާބަން ސެންޓަރެއްގެ ގޮތުގައި ފ. ނިލަންދޫ ތަރައްގީކޮށް ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު މިހާރު މަޖިލިސް ކެމްޕޭނަށް ފ. އަތޮޅަށް ދަތުރު ކުރައްވަމުން ގެންދަވާ އިރު، ނިލަންދޫ ދާއިރާގެ ގޮނޑި އަށް ޕީއެންސީގެ ޓިކެޓްގައި މުއިއްޒުގެ ކޮއްކޮ އާމިނަތު ސައުދާ ވާދަކުރައްވަ އެވެ.

އެ ރަށުގެ ރައްޔިތުންނާ އެކީ ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވިދާޅުވީ ނިލަންދޫގެ އެއާޕޯޓް ތަރައްގީކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫޢު ވެސް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ދެ ރިސޯޓެއްގެ އިތުރުން، ސިޓީ ހޮޓަލެއް ވެސް ތަރައްގީ ރާވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު ޚިދުމަތް ދޭން." ރައީސް ވިދާޅުވި އެވެ.

ދެމެހެއްޓެނިވި ތަރައްގީ އަށް ހާސިލުވާ ގޮތަށް ސަރުކާރުގެ ތަރައްގީގެ މާސްޓަ ޕްލޭނާ އެއްގޮތަށް ރާއްޖޭގައި 7 އާބަން ސެންޓަރު ޤާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އަދި އެ ތަންތަން ވާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެ ތަންތަަނަށް ކަމަށް ވިދާޅުވެ އެވެ.