Last Updated: May 3, 06:00
Friday, May 3, 2024
މުނިފޫހިފިލުވުން

ސަލްމާންގެ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ތަކުރާރުކޮށް އެކި ފަހަރުގެ މަތިން މަރުގެ އިންޒާރު ލިބެމުން އަންނަ ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ގެއަށް ބަޑިއަކުން ހަމަލާތަކެއް ދިން މައްސަލައެއް ބަލަން ފަށައިފި އެވެ.

މީޑިއާތަކުން ބުނީ މުމްބާއީގެ ބަންޑްރާގައި ހުންނަ ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓަށް މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ހަމަލާތަކެއް ދިނީ ސައިކަލެއްގައި ދިޔަ ދިޔަ ބަޔެކެވެ. އެގޮތުން ހަމަލާ އަމާޒުކޮށްފައި ވަނީ ގެލެކްސީ އެޕާޓްމަންޓްގެ ފުރަތަމަ ބުރިއަށް ކަމަށާއި މި ހަމަލާއާ ގުޅިގެން މުމްބާއީގެ ކްރައިމް ބްރާންޗްގެ ފޮރެންސިކް ޓީމަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ބައެއް މީޑިއާތަކުން ވަނީ އެ ޓީމުން ހަރަކާތްތެރިވަމުން އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފައިވެ އެވެ. އޭގައި ފެންނަނީ ވަޒަންއެރި ތަންތަން ޗެކްކޮށް، ފޮރެންސިކް ހެކި ހޯދަން މަސައްކަތްކުރާ ތަނެވެ.

ސަލްމާން ދިރިއުޅެމުން އަންނަ އެޕާޓްމަންޓަށް ހަމަލާތަކެއް ދިން އިރު، ފާއިތުވި ދެ އަހަރު އޭނަ އަށް އެކިއެކި ގޮތްގޮތަށް މަރުގެ އިންޒާރު ދީފައިވެ އެވެެ. މިކަމާ ގުޅިގެން މުމްބާއީގެ ފުލުހުން ސަލްމާންގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައިވެ އެވެ. އަދި އަމިއްލަ ހަށިރައްކަލަށް ބަޑިއެއް ގެންގުޅުމުގެ ހުއްދަ އަށް އޭނަ 2022 ގައި އެދުމުން އެ ހުއްދަ ވެސް ދީފައިވެ އެވެ.

މީގެ އިތުރުން ސަލްމާން ހަށިރައްކަލަށްޓަކައި ބްލެޓްޕްރޫމް ކާރެއް ވެސް ގަނެފައިވެ އެވެ.