Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

ސަރޮގޭޓްކޮށްގެން ދަރިން ހޯދާ ނަމަ ބޮޑެތި އަދަބުތަކެއް

ސަރޮގޭޓްކޮށްގެން ދަރިން ހޯދާ މީހުންނަށް ބޮޑެތި އަބަދުތަކެއް ދޭން އިޓަލީން ނިންމައިފި އެވެ.

ރޯމްގައި ހުކުރު ދުވަހި އޮތް "ފޯ އަ ޔަންގް ޔޫރަޕް: ޑިމޮގްރަފިކް ޓްރާންސްސިޝަން، އެންވަޔަރަމަންޓް، ފިއުޗާ" އިވެންޓްގައި ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވީ "ސަރޮގޭޓަކީ އިންސާނިއްޔަތާ ހިލާފު ކަމެއް" ކަމަށެވެ. އަދި ދަރިން ހޯދުމަށްޓަކައި އެ ޕްރޮސީޖާ އަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އެހެންވެ ސަރޮގޭޓްކޮށްކޮށްގެން ދަރިން ހޯދާ މީހުން ބޮޑު އަދަދުން ޖޫރިމަނާކޮށް، ޖަލަށް ވެސް ލާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.

ސަރޮގޭޓްކުރުމަކީ މިހާރު ވެސް އިޓަލީގައި މަނާކޮށްފައި އޮންނަ ކަމެކެވެ. އަދި އަގު ދީގެންނާއި ނުދީ ވެސް އެކަން ކުރުން އިޓަލީގައި އޮންނަނީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ.

މާބަނޑުވުމާއި ދަރިމައިވުމުގެ ތަފާތު މައްސަލަތަކާ ހެދި ވަރަށް ގިނަ ބަޔަކު މިހާރު ސަރޮގޭޓްކޮށްގެން ދަރިން ހޯދަ އެވެ. މިކަން ކުރަނީ "ރަހިމު ވިއްކައިގެން" ދަރިން ހޯދައިދޭ މީހުންގެ އެހީގަ އެވެ.

ސަރޮގޭޓްކޮށްގެން ދަރިން ހޯދުން މަނާކޮށްފައި އޮތް އޮތުން އިތުރަށް ހަރުކަށި ކުރުމުގެ އިޓަލީގެ ވެރިކަން ކުރާ ޕާޓީ ބްރަދާސް އޮފް އޮތް އިޓަލީން މިހާރު އޮތީ ގާނޫނު ހަދާ މަޖިލީހަށް އާ ބިލެއް ވެސް ހުށަހަޅައިފަ އެވެ. އޭގައިވާ ގޮތުން އެކަން ކުރާ މީހުން އެއް މިލިއަން ޑޮލަރާ ހަމައަށް ޖޫރިމަނާކޮށް، ދިގު މުއްދަތަކަށް ޖަލަށް ވެސް ލެވޭނެ އެވެ.

އެ ބިލާ ގުޅޭ ގޮތުން މެލޯނީ ވިދާޅުވީ "އަހަރެންގެ ފުރިހަމަ ތާއީދު ބިލަށް އެބައޮތް" ކަމަށެވެ.