Last Updated: May 3, 17:16
Friday, May 3, 2024
ޚަބަރު

އީދު ފާހަގަކުރަން އުރީދޫއާ ގުޅިގެން ގިނަ ހަރަކާތްތަކެއް

ހުޅުމާލޭގައި ޤާއިމްވެފައިވާ އުރީދޫ މައި އޮފީސް އިމާރާތް / ފޮޓޯ: އުރީދޫ

މިއަހަރުގެ ފިތުރު އީދު ފާހަގަކުރުަމށް ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫ މޯލްޑިވްސްއާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގައިފިއެވެ.

އުރީދޫއިން ބުނެފައިވަނީ މިއީ މުޖުތަމައުގައި އުފާ ފާޅުކުރުމާއި އެއްބައިވަންތަކަން އިތުރު ކުރުމަށް ބޭއްވުނު ހަރަކާތްތަކެއް ކަމަށެވެ.

އެގޮތުން ކޮންމެ އީދެއްގައި އުރީދޫގެ ފަރާތުން ކުރިއަށްގެންދާ އީދު ބޯކިބާ ބެހުން މި އީދުގައިވެސް މާލެ އަދި ހުޅުމާލޭގައި ކުރިއަށް ދިޔައެވެ. މިއީ އީދުގައި ޒަމާނުންސުރެ ސަޔަށް ބޯކިބާ ކެއެމުގެ އާދަޔާ ގުޅުވައިގެން އުރީދޫއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި މިއަހަރުވެސް ކުޑަކުދިންނަށް އިރީދޫގެ ފަރާތުން އީދު ހަދިޔާ ބެހުން ކުރިއަށް ގެންގޮސްފައިވެއެވެ.

އެޗް.ޑީ.ސީ އާއި ގުޅިގެން ފޭސް 2ގައި އީދު ސައި ބެހުން އީދު ދުވަހު ހެނދުނު ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކުލަބު ހުޅުގެ ފަރާތުން ހުޅުމާލެ ހުޅު ބީޗު ސަރަހައްދުގައި ފެންކުޅި، ވާދެމުން އަދު ކުޑަކުދިންގެ ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފޯރިގަދަ ހަރަކާތެއް އުރީދޫގެ އެހީތެރިކަމާއެކު ބާއްވާފައިވެއެވެ. މީގެއިތުރުން ހުޅުމާލެ ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސޮސައިޓީގެ އީދު ސައި އީދު ނަމާދަށް ފަހު ހިޔާ ޓަވަރު ސަރަހައްދުގައި ވެސް ބާއްވާފައިވެއެވެ.

އީދާ ގުޅުވާ މ. މަޑުއްވަރީގައި ބޭއްވި މަޑުއްވަރީ މައިސްޓްރޯ ކަޕްގެ މެއިން ޕާޓްނަރުގެ ގޮތުންވެސް އުރީދޫން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. މިއީ މަޑުއްވަރީ އީދު ހަރަކާތްތަކުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. ށ. މިލަންދީ ކައުންސިލް ކަޕްގެ ބްރޮންޒް ޕާޓްނަރއަކީ ވެސް އުރީދޫއެވެ. މީގެއިތުރުން ކުޑަރިކިލު ފުޓްސަލް މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫއެވެ. އަދި އޭދަފުށި ފުޓްސަލް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫއެވެ.